ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރިޔާސީ ދައުރު ނިމޭ ދުވަހަކީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަސްކަން ވަރަށް ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ. 2013 ވަނަ އަހަރު އިންތިޚާބުގެ ކަންކަން ނުނިމި ލަސްވުމުން އިންތިޚާބީ ރައީސް ހުވާ ކުރެއްވުން ނޮވެމްބަރު 17 އަށް ސްޕްރީމް ކޯޓުން ލަސްކުރުމަށް ސްޕްރީމް ކޯޓުން ނެރުނު އަމުރަކީ ކޮންމެ އަހަރެއްގެ ރިޔާސީ ދައުރު ފެށުމަށް ގެނެވުނު ބަދަލެއް ކަމަށް ޤަބޫލުފުޅު ނުކުރައްވަވާ ކަމަށެވެ.
ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން ވިދާޅުވީ ރާއްޖޭގެ ދެވަނަ ޖުމްހީއްޔާގެ ވެރިކަން ފުރަތަމަ ފެށުމަށް ނެގުނު ވޯޓުން ފެށިގެން ރިޔާސީ ދައުރު ފެށެނީ ނޮވެމްބަރު 11 ގައި ކަމާއި ދައުރު ނިމެނީ ނޮވެމްބަރު 10 ގައި ކަމާއި ވެރިކަމުގެ ދައުރަކީ ނޮވެމަބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން 5 އަހަރުކަން ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެކަމަށް އިތުރު ގޮތަތަކެއް ނިންމަން ކޮންމެހެން ނުޖެހޭ ކަމަށެވެ.