ރައީސް ޔާމީން އެންމެ ދުވަހަކު ވެސް ވެރިކަމުގައި ހުންނެވުމަކީ ރައްޔިތުންނަށް އޮތް ބޮޑު ބިރެއް: ރޮޒައިނާ
ރައީސް ޔާމީން އެންމެ ދުވަހަކު ވެސް ވެރިކަމުގައި ހުންނެވުމަކީ ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ބިރެއްކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީނު ހުވާކުރެއްވި ޤަރާރުގައިވެސް އޮތީ 11 ނޮވެމްބަރުން ފެށިގެން ކުރިއަށް އޮތް 5 އަހަރުގެ ވާހަކަ ކަމަށާއި އެހެންކަމުން ރައީސުލް ޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރައްވާ ދުވަހަކީ މައްސަލައަކަށް ހަދައި ދައުރުގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށެވެ.
ރޮޒައިނާ ވިދާޅުވީ ރައީސް ޔާމީނާއިމެދު ތުހުމަތު ކުރެވޭ ގިނަ މައްސަލަތަކެއް ހުރުމުންނާއި ރައީސް ޔާމީނު ވެރިކަމުގައި ހުންނަވާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި ތިބެންޖެހޭ ދުވަހަކަށް ވުމުން ޤާނޫނު އަސާސީގައި ބަޔާންވެގެންވާ މުއްދަތަށްވުރެ އެންމެ ދުވަހެއްވެސް ރައީސް ޔާމީނަށް އިތުރަށް ދީގެން ނުވާނެ ކަމަށެވެ.