މާޔޫސްވެ މަގުމަތިނުވާށެވެ! ތައުބާވުމުން ﷲގެ ރަހްމަތްފުޅު އޮހެމުންދާނެއެވެ!: މުފްތީ މެންކް
"ތިބާއަކީ ﷲ ތަޢާލާ އެންގެވި މަގު ދޫކޮށް ތިބާގެ ހަޔާތުގެ އަގުހުރި ދުވަސްތަކުން ގިނަ އަހަރުތަކެއް ވަންދެން ޝައިޠާނާގެ މަގުގައި އުޅުނު މީހަކަށްވެދާނެއެވެ.
ނަމަވެސް އެއީ ތިބާ އެކަމަށް މާޔޫސްވެ އަބަދު މަގުމަތިވެފައި ހުންނަން ޖެހެންވީ ސަބަބެއް ނޫނެވެ. އެގޮތަށް ނުވެސް ވިސްނާށެވެ. ތިބާ ހެޔޮ ގޮތުގައި އިޚްލާޞްތެރިކަމާއިއެކު ތައުބާވެ ﷲ ތަޢާލާގެ މަގަށް ރުޖޫޢަ ވެއްޖެނަމަ ޝައިޠާނާގެ މަގުގައި ފާއިތުކުރި ހުރިހާ އަހަރުތަކެއް ތިބާއަށް ދެއަވަވާނެއެވެ. (މާނައަކީ އެ އަހަރުތަކުގައި ކުރެވުނު ފާފަތައް ފުއްސަވައި ދެއްވެވުމެވެ.)
ތިބާގެ އިޚްލާޞްތެރިކަން ސާބިތުކޮށްދީފިނަމަ ތިބާއަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެއެވެ. އެއިރުން އިތުރަށް ހަމަ އެއްވެސް ކަމެއް ބޭނުމެއް ނުވާނެއެވެ!"
މިއީ މުފްތީ ވިދާޅުވެފައިވާ ނަޞޭޙަތުގެ ބަސްކޮޅެކެވެ.