މަރަށް ތައްޔާރުވެ ތިބެންޖެހެނީ މިހެންވެ- ކުޑަދޮރެއް ހަރުކުރަން އުޅުނު ދެބަފައިން ބޭރަށް ވެއްޓި މަރުވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 29ސ
މަރަށް ތައްޔާރުވެ ތިބެންޖެހެނީ މިހެންވެ- ކުޑަދޮރެއް ހަރުކުރަން އުޅުނު ދެބަފައިން ބޭރަށް ވެއްޓި މަރުވެއްޖެ!


މުމްބާއީގެ އިމާރާތެއްގެ 6 ވަނަ ބުރީގައި ދިރިއުޅެމުން ދިއަ ދެ ބަފައިން އިމާރާތުގެ ކުޑަ ދޮރެއްގައި ރައްކައުތެރިވުމުގެ ގޮތުން ފްރޭމެއް ހަރުކުރަން އުޅެނިކޮށް ބޭރަށް ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގީ ހޮނިހިރު ދުވަހު ކަމަށާއި މިހާދިސާގައި މަރުވެފައިވަނީ 63 އަހަރުގެ ބައްޕައާއި 35 އަހަރުގެ ފިރިހެން ދަރިފުޅު ކަމަށެވެ. އަދި ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ދެމީހުން ވެސް ވަނީ މަރުވެފައި ކަމަށެވެ.

މިއީ މުމްބާއީގައި ހިނގިކަމެއް ނަމަވެސް ޙާޞިލުކުރަން ޖެހޭ ޢިބްރަތަކީ މަރުވާނެ ގޮތަކާއި ވަގުތު ނުއެނގޭނެ ކަމާއި ހަމަ އަބަދުވެސް ތިބެންޖެހެނީ މަރަށް ތައްޔާރުވެގެން ކަމެވެ.
މިއަދު އޮންލައިން