ރައީސް ނަޝީދުގެ ހުކުމް މުރާޖާ ކުރުމަށް ޕީޖީން ސްޕްރީމް ކޯޓަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 36ސ
ރައީސް ނަޝީދުގެ ހުކުމް މުރާޖާ ކުރުމަށް ޕީޖީން ސްޕްރީމް ކޯޓަށް!
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލުހުކުމް މުރާޖާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ސްޕްރީމް ކޯޓުގައި އެދިއްޖެއެވެ.

ޕީޖީ އޮފީހުން ނެެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އެ މައްސަލާގައި ފާހަގަކުރެވޭ ބައެއް ކަންކަން ފާހަގަކޮށް އެކަންކަން ބަލައިދިނުމަށް އެދި ޕީޖީ އޮފީހަށް ހުށައަޅަމުންދާކަމަށާޢި އަދި ރައީސް ނަޝީދުގެ ޖަލު ހުކުމް ރިވިއު ކުރަން ހުށަހެޅީ އެއީ އާންމު މަސްލަހަތު މަތީ ދަރަޖައަކަށް ހިމެނިގެންވާ މައްސަލައެއް ކަމަށް ފެންނާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ރައީސް ނަޝީދު މިނިވަން ކުރުމަށް ގޮވާލައި 49 މެމްބަރަކު ސޮއިކޮށް މަޖިލީހަށް ގަރާރެއްވެސް ވަނީ ހުށައަޅާފައެވެ.




މިއަދު އޮންލައިން