ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން، މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެ

ކިޔުމަށް ހޭދަވާނީ 50ސ
ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން، މާލޭގެ މަގުތަކުގައި ފެން ބޮޑުވެއްޖެ
މިއަދު މެންދުރު 11:00 ހާއިރުން ފެށިގެން ބޯކޮށް ވާރޭވެހެން ފަށާފައިވާއިރު، ކުޑަ ވަގުތުކޮޅެއް ތެރޭގައި މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ.

އެގޮތުން އާންމުގޮތެއްގައި ވެސް ފެންބޮޑުވާ އަމީނީމަގުގައި ފެން ބޮޑުވެފައިވާއިރު، ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވާ ރިންގް ރޯޑްގައި ވެސް ވަނީ ފެން ބޮޑުވެފައެވެ.



ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ވިއްސާރަ ކުރާނެ ކަމުގެ އިންޒާރު މިއަދު މެންދުރެއްހާއިރު މެޓް އޮފީހުން ދީފައިވާއިރު، މާލެސިޓީއާއި ދެކުނުގެ ފަސް އަތޮޅަކަށް މިއަދު އިރުއޮއްސި ހައެއް ޖެހުމާ ހަމައަށް ވަނީ ޔެލޯ އެލާޓް ވެސް ނެރެފައެވެ.



މާލޭގެ މަގުތަކުގައި ފެންބޮޑުވެފައިވާއިރު، ބައެއް ގެތަކާއި އިމާރާތްތަކަށް ކޮންމެވެސް ވަރަކަށް ފެން ވަންނަމުންދާތީ، ފެން ވަނަ ނުދިނުމަށް ބައެއް ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނިގޮތުގައި، ފާއިތުވީ އަށް ގަޑިއިރު ތެރޭގައި އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ގއ. ގެމަނަފުއްޓަށެވެ. އެރަށަށް 81 މިލިލީޓަރުގެ ވާރޭވެހިފައިވާ ކަމަށް ރިކޯޑު ކުރެވިފައިވެއެވެ.

މިއަދު އޮންލައިން