އިންތިޚާބީ ރައީސް ހުވާކުރާ ދުވަސް ބަދަލުކޮށްފިނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިންތިޚާބީ ރައީސް ހުވާކުރާ ދުވަސް ބަދަލުކޮށްފިނަމަ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް!
އިންތިޚާބީ ރައީސް ހުވާކުރާ ދުވަހަކީ ޖުމްހޫރީ ދުވަސް ނޫން އެހެން ދުވަހަކަށް ބަދަލުކޮށްފިނަމަ ދައުލަތަށް މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެއެވެ.

ސަބަބަކީ ޖުމްހޫރީ ދުވަހަކީ ވެސް ބޭރު ޤައުމުތަކަށް ދައުވަތުދީގެން ފާހަގަކުރަމުން އަންނަ ދުވަހަކަށްވެފައި އިންތިޚާބީ ރައީސް ހުވާ ކުރައްވާ ދުވަހަކީ ތަފާތު ދުވަހަކަށް ވެއްޖެނަމަ 2 ރަސްމިއްޔާތަށް ބޭރުގެ ފަރާތްތަކަށް ދައުވަތުދޭން ޖެހޭނެ ކަމެވެ. އެކަމަށް ބޮޑެތި ޚަރަދުތަކެއް ކުރަންޖެހޭނެ ކަމެވެ.

2013 ވަނަ އަހަރު އިންތިޚާބުގެ ކަންކަން ލަސްވުމާއި ގުޅިގެން ކުރިމަތިވި ޚާއްޞަ ޙާލަތެއްގެ ދަށުން ރައީސް ޔާމީނު ހުވާ ކުރެއްވުން 5 ދުވަހަށް ލަސްކުރުމަކީ ޒަމާނުންސުރެ ކަން ހިނގަމުން އައި ނިޒާމު ބަދަލުކޮށްލަން ޖެހެންވީ ސަބަބެއް ކަމަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.

މިފދަ ބަދަލެއް ގެނެސްފިނަމަ ޖުމްހޫރީ ދުވަސް ފާހަގަކުރުން "ވަނދުވެ" ހުއްޓުމަކަށް އަންނާނެއެވެ. ދުވަހުގެ ރޫޙު ނެތިގެންދާނެއެވެ. އެހެންކަމުން މިއީ ދިވެހިންގެ ޤައުމިއްޔަތާއިވެސް ގުޅިފައިވާ ކަމެއް ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.

ވީމާ މަޖިލީހުން މިކަމުގައި ނިންމާ ނިންމުން ވެގެންދާނީ ވަރަށް މުހިންމު ނިންމުމަކަށެވެ.

މިއަދު އޮންލައިން