އިލެކްޝަންސް ކޮމިޝަނުން ގޮނޑިގެއްލިފައިވާ ކަމަށް ކަނޑައެޅި ހަތަރު މެމްބަރެއްގެ ގޮނޑިތަކުގެ މައްސަލައިގައި ހުކުމް އިއްވުން މާދަމާއަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފިއެވެ.
އެގޮތުން މާދަމާ ހުކުމް އިއްވަން ތާވަލްކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި، ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދުގެ ގޮނޑީގެ މައްސަލައެވެ.
އެހަތަރު އެމްޕީންގެ މައްސަލައިގެ އަޑުއެހުންތައް ވެސް ވަނީ ނިންމާލާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވަނީ 12 މެމްބަރެއްގެއެވެ. އޭގެތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ކުރިން ކަނޑައަޅާފައިވާއިރު މާދަމާ ސިނާނާއި، އިލްހާމް، ސައުދު އަދި އަބުޅޯގެ ގޮނޑި ނުގެއްލޭ ކަނޑައަޅައިފިނަމަ، ދެން ބާކީ ތިއްބަވާނީ ހަތަރު މެމްބަރެކެވެ.