ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާ ޤަރާރުގެ ބަހުސް ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 34ސ
ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލާ ޤަރާރުގެ ބަހުސް ފަށައިފި
ރައީސް ނަޝީދު މިނިވަންކުރުމަށް ގޮވާލައި މަޖިލީހަށް ހުށަހަޅާފައިވާ ޤަރާރުގެ އިބުތިދާއީ ބަހުސް ފަށައިފިއެވެ.

ޤަރާރު ހުށަހަޅުއްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ވިދާޅުވީ ރައީސް ނަޝީދު ހިފައި ހައްޔަރުކޮށް އެމަނިކުފާނުގެ މައްޗަށް ޖަލު ޙުކުމެއް އިއްވާފައިވުމަކީ ސިޔާސީ ވާދަވެރިއަކު ކުޅެފައިވާ ޗަރުކޭހެއް ކަމަށެވެ.

އީވާ ވިދާޅުވީ މި މައްސަލައަކީ އިންޞާފަށް ލޯބިކުރާ ހަމަ އެކަކުވެސް ބަލައިގަންނަ މައްސަލައެއް ނޫން ކަމަށާއި އަދި ރައީސް ނަޝީދުގެ މައްޗަށް ކޮށްފައިވާ ޙުކުމް ވެސް އެއްވެސް ފަރާތަކުން ބަލައި ނުގަންނަ ކަމަށެވެ. އެހެންކަމުން މަޖިލީހުން މިފަދަ ޤަރާރެއް ފާސްކުރުމަކީ އިންޞާފުގެ މަގަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށެވެ.
މިއަދު އޮންލައިން