ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގެ ސަބަބުން ގދ. ތިނަދޫ ގެ މަގުތަކުގައި ވެސް ފެންބޮޑުވެ، ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ކުރަމުން އެބަދެއެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި ކުރަމުންދާ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެފައިވަނީ ތިނަދޫ އުތުރު އަވަށުގެ މަގުތަކުގައެވެ.
އެމަގުތަކުން ފެން ހިންދުމުގެ މަަސައްކަތް ތިނަދޫ އެމްއެންޑީއެފް ފަޔަރ ސްޓޭޝަން އިން ދަނީ ކުރަމުންނެވެ.