ސްޕްރީމް ކޯޓުގެ 1 ފެބްރުވަރީގެ ޙުކުމް ތަންފީޒުކުރެވެންޖެހޭނެ: ރިޔާޟް ރަޝީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 54ސ
ސްޕްރީމް ކޯޓުގެ 1 ފެބްރުވަރީގެ ޙުކުމް ތަންފީޒުކުރެވެންޖެހޭނެ: ރިޔާޟް ރަޝީދު
ސްޕްރީމް ކޯޓުގެ 1 ފެބްރުވަރީގެ ޙުކުމަކީ ތަންފީޒުކުރެވެންޖެހޭނެ ޙުކުމެއް ކަމަށާއި އެޙުކުމް ތަންފީޒު ނުކޮށް ފަރުހެއްސޭނެ އެއްވެސް ގޮތެއް ނުއޮންނާނެ ކަމަށް ވިލުފުށި ދާއިރާގެ މެންބަރު ރިޔާޟް ރަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި މިއަދު ރިޔާޟް ވިދާޅުވީ އެޙުކުމުގައި ހިމެނުނު އެންމެންގެ މައްޗަސް ކުރި ޝަރީޢަތުގައިވެސް ބޮޑެތި މައްސަލަތަކެއް ހުރުމުން ކަމަށާއި އެ އެންމެންގެ މައްޗަށް ކުރި ޙުކުމް ވެސް ގިނަ ބައަކު ޤަބޫލު ނުކުރާތީ ކަމަށެވެ.

ރިޔާޟް ވިދާޅުވީ އެޙުކުމުގައި ހިމެނޭ ކާނަލް ނާޒިމާއި ޝައިޚް އިމްރާން ފަދަ ބޭފުޅުންގެ މައްސަލަތަކަކީ ރައްޔިތުންގެ މެދުގައި ވަރަށް ބޮޑަށް ޝައްކާއި ވަހުމް ހުރި މައްސަލަތައް ކަމަށެވެ. އެހެންކަމުން ސްޕްރީމް ކޯޓުގެ 1 ފެބްރުއަރީގެ ހުކުމުގެދަށުން އެ ހުރިހާ ބޭފުޅުން މިނިވަން ކުރުން ނޫން ގޮތެއް ނުއޮންނާނެ ކަމަށެވެ.

ރިޔާޟް ވިދާޅުވީ ކޯޓަކުން ޙުކުމެއް ކުރީމާ، ޚާއްޞަކޮށް ސްޕްރީމް ކޯޓުން ޙުކުމެއް ކުރީމާ ބަލައި ގަންނަން ނުޖެހޭ އެއްވެސް ސަބަބެއް އޮވެގެން ނުވާނެ ކަމަށެވެ. ޖެހޭނީ ބަލައިގަނެ ތަންފީޒުކުރަން ކަމަށެވެ.
މިއަދު އޮންލައިން