އިންތިޚާބީ ރައީސް އާއި ނައިބް ރައީސް ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސްކަމަށް މަޖިލީހުން ފާސްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އިންތިޚާބީ ރައީސް އާއި ނައިބް ރައީސް ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސްކަމަށް މަޖިލީހުން ފާސްކޮށްފި
އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި ނައިބް ރައީސް ފައިޞަލް ނަސީމް ހުވާކުރައްވާ ދުވަހަކީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަސްކަމަށް މަޖިލީހުން ފާސްކޮށްފިއެވެ.

މިކަމަށް މިއަދު އެކުލަވައިލި ވަގުތީ ކޮމިޓީން އެގޮތަށް ނިންމާފައިވާތީ ކޮމިޓީ ރިޕޯޓްގައި އޮތްގޮތަށް ފާސްކުރަން ވޯޓަށް އެހުމުން ހާޒިރުވެ ތިބި 63 މެންބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވަނީ ރިޕޯޓްގައިވާ ގޮތަށް 17 ވަނަ ދުވަހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށެވެ.

މިގޮތަށް މަޖިލީހުން ފާސްކުރުމުން ކޮންމެ 5 އަހަރަކުން ނޮވެމްބަރު 11 ގައި ފާހަގަކުރަމުން އައި ދެ ޢީދު، ޖުމްހޫރީ ދުވަހުގެ ޢީދާއި އައު ރިޔާސީ ދައުރު ފެށުމުގެ ޢީދު އެކުގައި ފާހަގަކުރުން ނިމުމަކަށް އައީއެވެ.


މިއަދު އޮންލައިން