ރިޔާސީ ދައުރުގެ މުއްދަތުގެ މައްސަލަ ސްޕްރީމް ކޯޓުގެ ދުސްތޫރީ ހައިޞިއްޔަތުން ބަލަން މަޖުބޫރު ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ދއުލަތުގެ ބަންޑާރަނައިބުކަންވެސް ކުރައްވާފައިވާ ޑރ. ޢަޙްމަދު ޢަލީ ސަވާދު ވިދާޅުވެއްޖެއެވެ.
"11 ނޮވެމްބަރަކީ (ޤާނޫނު އަސާސީގައި ބަޔާންކުރާ) ރިޔާސީ ދައުރު ފެށޭ އަދި ނިމޭ ދުވަސްކަމަށް ބަލަން ޖާގަ ދެނީ ޤާނޫނު އަސާސީގެ 301 ވަނަ މާއްދާގައި ކަނޑައަޅާފައިވާ އައު ދުސްތޫރުގެ ދަށުން އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާ "މަޤާމާއި ހަވާލުވާނީ" 11 ނޮވެމްބަރު 2018 ގައި ކަމަށް ބަޔާންކޮށްފައިވާތީ."
"އަދި ޤާނޫނު އަސާސީގެ 125 ވަނަ މާއްދާގެ (ހ)ގައި ބަޔާންކުރަނީ، 124 ވަނަ މާއްދާގެ (ށ) ގެ ޙާލަތް ދިމާވެއްޖެނަމަ އެ 2 މަޤާމް ހުސްވީ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި ރިޔާސީ އިންތިޚާބެއް ބާއްވަން ވާނެ ކަމަށް. އަޅުގަނޑު ޤަބޫލުކުރަނީ މިހިސާބުން މި މައްސަލަ ސްޕްރީމް ކޯޓުގެ ދުސްތޫރީ ހައިޞިއްޔަތުން ބަލަން މަޖުބޫރުވެއެވެ."
ނޮވެމްބަރު 11 ގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނު އިސްތިޢުފާ ދެއްވުމަކީވެސް އިންތިޚާބީ ރައީސް ހުވާ ކުރެއްވުމަށް މައްސަލަތަކެއް ހުރި ކަމެއްކަން ޑރ. ސަވާދު ވަނީ ފާހަގަ ކުރައްވައިފައެވެ.
Adhi QA 125(haa) bayankurani, 124(shaviyani) ge haalaiy dhimavejjenama, e 2 maqam husvi tharikhun feshigen 60 dhuvahuge thereyga riyasi inthikaabeh baavvan vaanekamah. Alhugandu qabul kurani, mihisaabun mi massala SC ah dhusthuri haisiyyathun balan majbooruve eve...
— ahmad ali sawad (@DrSawad) October 28, 2018
11 November akee (QA ge 107 gai bayankura) riyasi dhauru feshey & nimey dhuvas kamah balan jaaga dheni QA ge 301 vana maaddhagai kanda alhaafaiva aa dhusthooruge dhashun inthikhaabva RJ “maqaam ai havaal vaanvaani” 11/11/08 ga kamah bayaankoffai vaathieve.
— ahmad ali sawad (@DrSawad) October 28, 2018