ހެލިކޮޕްޓަރު ވެއްޓި، ލެސްޓާގެ ވެރިޔާ މަރުވެއްޖެ!
ދަތުރު ކުރަމުންދިޔަ ހެލިކޮޕްޓަރު ވެއްޓި، ލެސްޓާ ސިޓީގެ ވެރިޔާ އަދި ތައިލެންޑްގެ ބިލިއަނަރު ވިޗާއީ ސްރިވަދަނަޕްރަބާ މަރުވެއްޖެއެވެ. އެކަން ވަނީ އެ ކުލަބުން ހާމަކޮށްފައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެ ރޭ، މި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ސްޓޭޑިމް ކައިރިއަށެވެ. ޕްރިމިއާ ލީގުގައި، ހޮނިހިރު ދުވަހުގެ ރޭ ލެސްޓާ ސިޓީ އާއި ވެސްޓް ހޭމް ޔުނައިޑެޓް ވަނީ މެޗެއް ކުޅެފައެވެ. އެ މެޗު ގައި ދެ ޓީމު އެއްވަރު ވެފައި ވާއިރު ކޮންމެ ޓީމަކަށް ޖެހުނީ އެއް ލަނޑެވެ.
މި ހާދިސާގައި އިތުރު ދެ މީހަކު މަރުވި ކަމަށް ރިޕޯޓުތަށް ބުނެއެވެ. އަދި އެއްވެސް މީހަކު ޒަހްވި ކަމެއް އެނގިފައި ނުވެއެވެ.