ނަމާދު ނުކުރާނަމަ އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހު ލިބޭނެ ގަދަފަދަވެގެންވާ އަޒާބުގެ ވާހަކައިން އިންޒާރުކުރަން ޖެހޭނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ނަމާދު ނުކުރާނަމަ އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހު ލިބޭނެ ގަދަފަދަވެގެންވާ އަޒާބުގެ ވާހަކައިން އިންޒާރުކުރަން ޖެހޭނެ: ޑރ. އިޔާޟް

"ތިބާގެ މައްޗަށް ވާޖިބުވެގެންވަނީ ގޭގައި އުޅޭ މީހުންނަށް ނަޞޭޙަތް ދިނުމެވެ. އަދި ނަމާދު އެޅުމަކީ އަދި މިހައިވަރެއްގެ ނުބައިކަމެއް ކަމާއި، އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހު ލިބޭނެ ގަދަފަދަވެގެންވާ އަޒާބުގެ ވާހަކައިން އިންޒާރުކުރުމެވެ. ނަމާދު އެޅުމަކީ މީހާ އިސްލާމް ދީނުން ބޭރުވެ، މުރުތައްދު ވެގެންދާ ކަމެއްކަން އޭނާއަށް އަންގައިދިނުން މުހިންމެވެ.

ޚައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘް ކުރެއްވެވިއެވެ.
مَنْ تَرَكَ الصَّلَاة متعَمّدًا فَقَدْ كَفَرَ މާނައަކީ: "ޤަޞްދުގައި ނަމާދު އަޅައިފި މީހާ ކާފަރުވެއްޖެކަން ކަށަވަރެވެ."

އަދިވެސް ޙަދީޘް ކުރައްވަވާފައިވެއެވެ. اَلْعَهْدُ الَّذِي بَيْنَنَا وَبَيْنَهُمْ الصَّلاة, فَمَنْ تَرَكَهَا فَقَدْ كَفَرَ) رواه أحمد މާނައަކީ: "ތިމަންނަމެންނާއި އެބައިމީހުންނާއި ދެމެދުގައިވާ އައްދަކީ ނަމާދެވެ. ނަމާދު އަޅައިފިމީހާ ކާފަރުވެއްޖެކަން ކަށަވަރެވެ."

އަދިވެސް ޙަދީޘް ކުރެއްވެވިއެވެ.
(إِنَّ بَيْنَ الرَّجُلِ وَبَيْنَ الشِّركِ وَالْكُفُرِ تَركَ الصَّلَاة ) رواه مسلم
މާނައަކީ: "އަޅާއާއި ކާފިރުކަމާއި ޝިރުކާއި ދެމެދުގައިވާ އިންފާރަކީ ނަމާދު ދޫކުރުމެވެ.

އިސްދިއަ ޙަދީޘްތަކުން ދޭހަވެގެންދަނީ ނަމާދު ޤަޞްދުގައި އަޅާފައިވާނަމަ އެމީހަކު ދީނުން ބޭރުވާނެ ކަމެވެ. އެހެންކަމުން ނަމާދަށް ފަރުވާތެރިވުން އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ތިމާއަކީ ނަމާދަށް ފަރުވާ ތެރިވާ މީހަކުކަމުގައި ލެއްވެވުމަށް ދިވެހިބަހުން ވިއަސް ދުޢާކުރައްވާށެވެ.

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް މިމޭރުމުން ވިދާޅުވެފައިވަނީ "ނަމާދުކުރާހިތް ނުވާނަމަ އެމީހަކު ކުރަން އަމަލުކުރަން އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ؟ ނަމާދުކުރާ ހިތް ޖެއްސެވުމަށް އެދި ކުރަން ރަނގަޅު ދުޢާއެއް އޮވޭތޯ؟" ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައެވެ.
މިއަދު އޮންލައިން