ސިނާން ގޮނޑިވެސް ނުގެއްލޭ ކަމަށް ޙުކުމްކޮށްފި
މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ސިނާން ގޮނޑިވެސް ނުގެއްލޭ ކަމަށް ޙުކުމްކޮށްފިއެވެ.
ސިނާނަކީ ވެސް ރައީސް ޔާމީނާއި، ޚާއްޞަކޮށް މެޑަމް ފާތުން އާއި ވަރަށް ގާތުން މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. ކޯފާ އިސްކުރައްވައި ޕާޓީން ވަކިކުރީ މަޞީޙް މަޤާމުން ދުރުކުރަން ކުރިން ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރެއްވުމުންނެވެ.
ރައީސް ޔާމީނު ވިދާޅުވެފައިވަނީ "ދެ އޮޑީގައި ދެފައި ބަހައްޓައިގެން" ހުރުމުގެ ފުރުޞަތު އެއްވެސް މީހަކަށް ނުދެއްވާނެ ކަމަށެވެ. އެހެންކަމުން ސިނާންވެސް އެމަނިކުފާނުގެ އޮޑިން ބޭރުކޮށްލެއްވީ ކަމަށް ވަނީ ބެލެވިފައެވެ.