ދައުލަތަށް ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އިލްޔާސް އިބްރާހީމް އަކީ "ދުރު ވިސްނޭ އަދި ދިވެހި ދައުލަތަށް ވަފާތެރި، ޚިދުމަތްތެރި ބޭފުޅެއް" ކަމަށް ވިދާޅުވެ ރައީސް މުޙައްމަދު ނަޝީދު ޓްވީޓް ކުރައްވައިފިއެވެ.
އިލްޔާސް އިބްރާހީމް ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްއަށް ތާއީދު ކުރައްވައި ކެންޕޭނުވެސް ކޮށްދެއްވައިފައެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ޖޭޕީން ރައީސް ޔާމީނަށް ތާއީދުކުރަން ނިންމުމުން ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވި ފަހުން ރާއްޖެވަޑައިގެންފައެއް ނުވެއެވެ.
އިލްޔށް އިބްރާހީމް އަކީ ޓްރޭޑް މިނިސްޓަރު ކަމުގައާއި އެޓޯލްސް މިނިސްޓަރުކަމުގައި ހުންނަވައިގެން ރާއްޖެއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި ގިނަ ބައެއްގެ ލޯބި ހޯއްދަވާފައިވާ ބޭފުޅެކެވެ. އެއިރު ރާއްޖެއަށް ގެނެވުނު ޢުމްރާނީ ތަރައްޤީގެ އެންމެ އިސް މޭސްތިރިއަކީވެސް އެމަނިކުފާނެވެ.
Hon. Ilyas Ibrahim akee dhuru visney adhi Dhivehi dhaulathah vafaatheri khidhmaiytheri beyfulheh pic.twitter.com/euAlhEgNvb
— Mohamed Nasheed (@MohamedNasheed) October 29, 2018