އޮމާން އެއާގެ އިން އަނެއްކާވެސް ރާއްޖެއަށް ދަތުރުކުރަން ފަށައިފި އެވެ.
162 މީހުންގެ ޖާގައިގެ 737 މަރުކާގެ މަތިންދާ ބޯޓުތަކާއި އެކު އޮމާން އެއާއިން އަލުން ދަތުރުތަށް ފެށީ އަހަރު ތަކެއްގެ މެދުކެނޑުމަކަށް ފަހުއެވެ.
އޮމާން އެއާއިން ރާއްޖެއަށް އަލުން ދަތުރުތަށް ފެށުމުގެ ގޮތުން އިއްޔެ މެނދުރު ފަހު ރައްޖެއަށް ފްލައީޓެއް އައިސްފައި ވާއިރު، ރާއްޖޭން ފްލައިޓެއް އޮމާންއަށް ދިއުމަށް ރޭ ވަނީ ފުރާފައެވެ.
އޮމާން އެއާއިން ހަފްތާއަކު ހަތް ދަތުރު އޮމާނުން ރާއްޖެއަށް ކުރާނެ ކަމަށް މައުލޫމާތުލިބެއެވެ.
އޮމާން އެއާގެ ދަތުރުތައް އެންމެ ފުރަތަމަ ރާއްޖެއަށް ފެށީ 2009 ވަނަ އަހަރުގެ ތެރޭގައި ކަމަށްވީ ނަމަވެސް ދޭތެރެ ދޭތެރެއިން މި އެއާލައިނުގެ ދަތުރުތައް ރާއްޖެއަށް ކުރުން ހުއްޓާލާކަން ފާހަގަކުރެވެ އެވެ.
އެންމެ ފަހުން އޮމާން އެއާގެ ދަތުރުތައް ރާއްޖެއަށް ކޮށްފައިވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ.