މެމްބަރު އިލްހާމްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިފި

ކިޔުމަށް ހޭދަވާނީ 46ސ
މެމްބަރު އިލްހާމްގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިފި
މެމްބަރުކަމުގެ ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ މެމްބަރުކަން ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމައިފިއެވެ.

އެމްޕީ އިލްހާމްގެ މެމްބަރުކަން ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ މިއަދު އޮތް ދުސްތޫރީ މައްސަލައިގައެވެ.

އިލްހާމްގެ ގޮނޑި ނުގެއްލޭ ކަމަށް ކޯޓުން މިއަދު ނިންމާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ތުނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ މުޙައްމަދާއި މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާފައެވެ.

އެހެންކަމުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރެއިން ހަތް މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް މިހާރު ވަނީ ނިމިފައެވެ.
މިއަދު އޮންލައިން