ތިނަދޫ އުތުރު ދާއިރާގެ މެމްބަރ ސައުދުﷲ ހިލްމީ ގެ މެމްބަރުކަން ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.
އެމްޕީ ސައުދުގެ ޤާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ މިމައްސަލަ ވެސް ނިންމޯ އެހެން ގޮނޑިތަކާމެދު ނިންމި އަސާސްގެ މައްޗަށް ބަލާފައި ކަމަށާއި، އެގޮތުން މެމްބަރު ސައުދުﷲ ޕީޕީއެމް އިން ވަކިވުމަށް ހުށަހެޅީ ޖުލައި 10 ގައި ކަމަށެވެ.
ސައުދުﷲ އެޕާޓީން ވަކިވީ އެދުވަހު ކަމަށް ބަލައި މިއަދު ސުޕްރީމް ކޯޓުން ހުކުމް ކޮށްފައިވާކަން ހިސާން ފާހަގަ ކުރެއްވިއެވެ.