އިބްރާހީމް ދީދީ އަށް ކުރާ ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
އިބްރާހީމް ދީދީ އަށް ކުރާ ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދަން ނިންމައިފި
ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފި އެވެ.

އެމްޑީޕީގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރު ކުރިއިރު ސިފައިންގެ މާލޭ އޭރިޔާގެ ކޮމާންޑަރަކަށް ހުންނެވި އަދި ފަހުން ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރައްވާފައިވާ އިބްރާހިމް ދީދީގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރި އޮޕަރޭޝަން ކަމަށްވާ "އޮޕަރޭޝަން ލިބަޓީ ޝީލްޑްގައި" ބައިވެރިވި ކަމަށް ބުނެ އެވެ.

ދައުވާއިން ސަލާމަތްވެވަޑައިގެންނެވުމުން އިބްރާހީމް ދީދީ ވިދާޅުވެފައިވަނީ, ﷲ އަށް ހަމްދުކުރައްވާ ކަމަށާއި އަބަދުވެސް ހުންނަވާނީ ރައްޔިތުންނަށް އިހުލާސްތެރި ބޭފުޅެއްގެ ގޮތުގައި ކަމަށެވެ.
މިއަދު އޮންލައިން