ހުޅުމާލެއިން އަނެއްކާވެސް 1530 ފުލެޓު ދޫކުރަން ރައީސް އޮފީހުން ހައުސިން މިނިސްޓްރީ އަށް މިއަދު ހުއްދަ ދީފިއެވެ.
ރައީސް އޮފީހުން ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީއެއް މިއަދު ސޯޝަލް މީޑިއާގައި ލީކު ކޮށްލާފައިވާއިރު، އެސިޓީގައި ބުނެފައިވަނީ "ހިޔާ" މަޝްރޫއު ގެ ދަށުން ޗައިނާ މެޝިނަރީ އެންޑް އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ތިން ކޮޓަރީގެ 1530 ފުލެޓު ދޫކުރުމުގެ ކަންތައްތައް ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވި ކަމަށެވެ.
އެގޮތުން ފްލެޓު ބެހުމަށް ރައީސް ޔާމީން ހުއްދަ ދީފައިވާ ދެ ކެޓެގަރީއަކީ ދަފްތަރާއި 18 އަހަރު ނުފުރޭ ތިން ކުދިން ތިބި ފަރާތްތަކަށް (ނުކުޅެދުންތެރިކަން ހުންނަ ކުދިން/ ބެލެނިވެރިންނަށް އިސްކަން ދިނުމަށް) އަމާޒު ކޮށްގެންނެވެ.
އެގޮތުން ދަފްތަރަށް 500 ފުލެޓު އަދި 18 އަހަރު ނުފުރޭ ތިން ކުދިން ތިބި ފަރާތްތަކަށް 1030 ފުލެޓު ދިނުމަށް ރައީސް ޔާމީން އެސިޓީގައި ހުއްދަ ދީފައިވެއެވެ.
މިކަމާއި ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް ވެސް އަދި ހައުސިން މިނިސްޓްރީގެ ބަހެއް ވެސް އަދި ވަނީ ލިބޭ ގޮތް ނުވެފައެވެ.