ކާނަލް ނާޒިމްގެ މައްސަލަ މުރާޖައާ ކުރުމަށް އިޖްރާއީ އަޑުއެހުމެއް ސްޕްރީމް ކޯޓުން ބާއްވަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ކާނަލް ނާޒިމްގެ މައްސަލަ މުރާޖައާ ކުރުމަށް އިޖްރާއީ އަޑުއެހުމެއް ސްޕްރީމް ކޯޓުން ބާއްވަނީ
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމް އިސްތިއުނާފް ކުރުމުން އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކުރުމަށް އިޖްރާއީ އަޑުއެހުމެއް ސްޕްރީމް ކޯޓުން ބާއްވަން ނިންމައިފިއެވެ.

11 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ނާޒިމްގެ މައްޗަށް ކުރި ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އަދި އެ މައްސަލަ ނާޒިމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން 2016 ގައި އޭރުވަނީ އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުން ނިންމައިފައެވެ.

ނާޒިމް މިވަގުތު ހުންނެވީ ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރުގައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމްގެ ޖަލު ހުކުމް މުރާޖައާ ކުރަން ހުށަހެޅި މައްސަލަވެސް ބަލައިގަތުމަށް ސުޕްރީމް ކޯޓުން މިރޭ ވަނީ ނިންމައިފަ އެވެ.
މިއަދު އޮންލައިން