ހުޅުމާލެއަށް ދުއްވާފައިދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ވެއްޖެ!

ކިޔުމަށް ހޭދަވާނީ 45ސ
ހުޅުމާލެއަށް ދުއްވާފައިދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް ނުރައްކާތެރި އެކްސިޑެންޓެއް ވެއްޖެ!
ހުޅުމާލެއަށް ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލް ނުވެ ގޮސް، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 6:00 ހާއިރު ހުޅުމާލެއަށް ދުއްވާފައި ދިޔަ ވޭނެއް، ހައިވޭ ދެ ކަފިވާ ހިސާބުން ކޮންޓްރޯލް ނުވެގޮސް އަރިމަތީ ފެންސްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.

މިއެކްސިޑެންޓުގައި އަނިޔާވެފައިވަނީ އެވޭން ދުއްވަން އިން ބިދޭސީ ފިރިހެނަކަށް ކަމަށް ވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

އެކްސިޑެންޓުގައި އަނިޔާވި ބިދޭސީ މީހާގެ ހަށިގަނޑަށް ގިނަ ފްރެކްޗާތަކެއް ލިބިފައިވުމާއި ގުޅިގެން، އޭނާ މިހާރު ވަނީ އިތުރު ފަރުވާއަށް އައިޖީއެމްއެޗް ހޮސްޕިޓަލަށް ބަދަލު ކޮށްފައި ކަމަށް ހުޅުމާލެ ހޮސްޕިޓަލު ހިންގުމާ ހަވާލުވެ ހުންނަ އާސަންދަ ކުންފުނީގެ މީޑިއާ ކޯޑިނޭޓަރ އާޝިޔާ ސޯލިހު މީޑިއާތަކަށް މައުލޫމާތު ދެއްވާފައިވެއެވެ.
މިއަދު އޮންލައިން