އިދިކޮޅު މެންބަރުން މިއަދު ވެސް މަޖިލީހުގެ ތަޅުމަކު ނެތް: ނިހާން
އިދިކޮޅު މެންބަރުން މިއަދު ވެސް މަޖިލީހުގެ ތަޅުމަކު ނެތް ކަމަށާއި އެކަމާއިމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ޕީޕީއެމްގެ ޕީޖީ ޅީޑަރު އަޙްމްދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން ވިދާޅުވީ މިއަދު މަޖިލީހަށް ހުށަހަޅުއްވަނީ ދައުލަތުގެ އޮޑިޓަރ ޖެނެރަލް އޮފީހުގެ އަންނަ އަހަރުގެ ބަޖެޓް ރިޕޯޓް ކަމަށެވެ. ބަޖެޓު ދިރާސާކުރި ކޮމިޓީން ފާސްކޮށްފައިވަނީ 52 މިލިއަން ރުފިޔާ ކަމަށާއި އެ އޮފީހުން އެދިފައިވާ ގޮތަށް އެ އޮފީހުގެ މަސައްކަތްތަކަށް ދަތިނުވާނެ ގޮތަށް 60 މިލިއަން ރުފިޔާ އާއި ހަމައަށް ކޮންޓެންޖެންސީ ބަޖެޓުގެ ތެރެއިން ގެންގޮސް ދިނުމަށް މާލީ ވުޒާރާގައި އެދުމަށް ކަމަށެވެ.
ނިހާން ވިދާޅުވީ ދައުލަތުގެ މުއައްސަސާތައް އޮޑިޓްކޮށް ޒިންމާދާރު ކުރުވާ ފަރާތަކީ އޮޑިޓަރ ޖެނެރަލް ކަމަށް ވުމުން އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ވަރަށް މުހިންމު ބަޖެޓެއް ކަމަށެވެ.
ކުޑަހުވަދޫ ދާއިރާގެ މެންބަރު އަޙްމްދު ޢާމިރު ވިދާޅުވީ އޮޑިޓް އޮފީސް ފަދަ މުހިންމު އޮފީހެއްގެ ބަޖެޓުން އުނިކޮށް ދަތިކުރުމަކީ ޤަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. އެންމެ 8 މިލިއަން ރުފިޔާ ނުދީ ދަތިކޮށް އާދޭސްކުރަން ޖެއްސުވުމަކީ ޤަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.