ދައުލަތުގެ ބަޖެޓު ބޭނުންކޮށްގެން ވަގުންގެ މައްސަލަތައް ބަލައި އިންޞާފުގެ ކުރިމައްޗަށް ގެންގޮސް ދިނުމަށް މެންބަރު ޙުސައިން ޢަރީފް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ދައުލަތުގެ ބަޖެޓު ބޭނުންކޮށްގެން ވަގުންގެ މައްސަލަތައް ބަލައި އިންޞާފުގެ ކުރިމައްޗަށް ގެންގޮސް ދިނުމަށް މެންބަރު ޙުސައިން ޢަރީފް ގޮވާލައްވައިފި

އޮޑިޓަރ ޖެނެރަލް އޮފީހަށް ދޭ ދައުލަތުގެ ބަޖެޓު ބޭނުންކޮށްގެން ވަގުންގެ މައްސަލަތައް ބަލައި އިންޞާފުގެ ކުރިމައްޗަށް ގެންގޮސް ދިނުމަށް ނޮޅިވަރަން ދާއިރާގެ މެންބަރު ޙުސައިން ޢަރީފް ގޮވާލައްވައިފިއެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ޙުސައިން ޢަރީފް މިއަދު ވިދާޅުވީ ފާއިތުވި 5 އަހަރުގެ ތެރޭގައި ކުއްލިއަކަށް ގިނަ ބައަކު އިންތިހާއަށް މުއްސަނދިވެފައިވާ ކަމަށެވެ. އެމީހުން މުއްސަނދިވެގެން ދިއައީ ވައްކަމާއި ކޮރަޕްޝަނާއި ފަސާދައިން ކަމަށެވެ. ހަމަ އެއާއިއެކު ފަޤީރުން ދިއައީ އިންތިހާއަށް ފަޤީރުވަމުން ކަމަށާއި އަމިއްލަ ނަފުސުގެ އަބުރާއި އިއްޒަތް އަމިއްލައަށް ސަލާމަތް ނުކުރެވޭވަރަށް ފަޤީރުވެފައިވާ ކަމަށެވެ.

ޙުސައިން ޢަރީފް ވިދާޅުވީ އަންނަ އަހަރަށް އޮޑިޓަރ ޖެނެރަލް އޮފީހަށް ދޭ ބަޖެޓު ބޭނުންކޮށްގެން ކުރާ އެންމެ މުހިންމު މަސައްކަތަކަށް ވާންޖެހޭނީ ތުހުމަތު ކުރެވިފައިވާ މައްސަލަތައް ރަނގަޅަށް އޮޑިޓްކޮށް މައްސަލަތައް ބެލުން ކަމަށެވެ.

ޙުސައިން ޢަރީފް ވިދާޅުވީ މައްސަލަތައް ބަލައި ކުށްވެރިވާ މީހުންނަށް އަދަބު ދެވެންޖެހޭނެ ކަމަށާއި ކުށްވެރިންނަށް އަދަބު ދިނުމަކީ ކުށްކުރާ މީހުންނަށް ކޮށްދެވޭ ހެޔޮ ކަމެއް ކަމަށެވެ. "އަޅުގަނޑުމެން ބަލިވީމީ ހިތި ބޯސް އެބަ ބޮމު. ގައަށް ކަށި ހަރަމު. ގައިން މަސްކަނޑަމު. އެއީ ފަރުވާއަށްޓަކާ ކުރާކަންކަން." ކަމަށްވެސް ޙުސައިން ޢަރީފް ވިދާޅުވިއެވެ.
މިއަދު އޮންލައިން