ފެންހިންދަން 43 މިލިއަން ރުފިޔާ ޚަރަދުކުރި- ޣިޔާސުއްދީން ސްކޫލުގެ ކިޔެވުން މިއަދުވެސް ބަނދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ފެންހިންދަން 43 މިލިއަން ރުފިޔާ ޚަރަދުކުރި- ޣިޔާސުއްދީން ސްކޫލުގެ ކިޔެވުން މިއަދުވެސް ބަނދު
މާލޭގެ މަގުތަކުން ފެންހިންދަން ދައުލަތުގެ ބަޖެޓުން 43 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓްރީގެ ހިސާބުތަކުން ދައްކާއިރު އަމީނީ މަގުގައި ފެންބޮޑުވުމުގެ ސަބަބުން ޣިޔާސުއްދީން ސްކޫލުގެ ކިޔެވުން މިއަދުވެސް ބަންދުކޮށްފިއެވެ.



ޣިޔާސުއްދީން ސްކޫލް ހުންނަ ސަރަހައްދުން ފެށިގެން އައިޖީއެމްއެޗް ސަރަހައްދާއި ހަމައަށް މާލޭގެ ބިން ހިއްކާފައިވަނީ ދޮޅު ފޫޓް ތިރިކޮށް ކަމަށްވުމުން އެ ސަރަހައްދަކީ އަބަދުވެސް އެންމެ ބޮޑަށް ފެން ބޮޑުވަމުން އަންނަ ސަރަހައްދެވެ. އެ މައްސަލަ ހައްލުކުރަން މިހައިތަނަށް ކުރި މަސައްކަތްތަކުން އެކަށީގެންވާ ނަތީޖާއެއް ނުފެންނަކަން ގިނަ ބައަކު ފާހަގަކުރެއެވެ.

ރެއިން ކުރަމުން ގެންދާ ވިއްސާރައިގައި ޝަހީދު ޢަލީ މިސްކިތުގައި ހުރި ބޮޑު ގަހެއްވެސް ވަނީ ވެއްޓިފައެވެ.
މިއަދު އޮންލައިން