ކުޅުންތެރިން ތަމްރީނުކުރަން މިލިއަނުން ޚަރަދުކުރާއިރު އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒިފުން ތަމްރީނުކުރަން ޚަރަދުކުރުން މާމުހިންމު: އިބްރާހީމް ދީދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
ކުޅުންތެރިން ތަމްރީނުކުރަން މިލިއަނުން ޚަރަދުކުރާއިރު އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒިފުން ތަމްރީނުކުރަން ޚަރަދުކުރުން މާމުހިންމު: އިބްރާހީމް ދީދީ

ކުޅިވަރު ކުޅުންތެރިން ތަމްރީނުކުރަން މިލިއަނުން ޚަރަދުކުރާއިރު އޮޑިޓަރ ޖެނެރަލް އޮފީހުގެ މުވައްޒިފުން ތަމްރީނުކުރަން ޚަރަދުކުރުމުގެ މުހިންމުކަން މާބޮޑު ކަމަށް ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމް ދީދީ ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިބްރާހީމް ދީދީ ވިދާޅުވީ އޮޑިޓްކުރަންޖެހޭ މުއައްސަސާތަކުގެ ތަފާތު ޓެކްނިކަލް މުއައްސަސާތައްވެސް ހިމެނޭ ކަމަށާއި އެތަންތަން އޮޑިޓް ކުރުމަށް އޮޑިޓަރުން ތަމްރީނުކުރަން ޖެހޭ ކަމަށެވެ. ހަމަ އެއާއިއެކު އިތުރު ތަމްރީނު ހޯދައިދިނުމަކީވެސް ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. "ކުޅިވަރު ކުޅުންތެރިން ތަމްރީނުކުރަން މިލިއަނުން 10 މިލިއަނުން އެބަ ޚަރަދުކުރޭ. ވީމާ އޮޑިޓަރުން ތަމްރީނު ކުރަން ޚަރަދު ނުކުރަންވީ އެއްވެސް ސަބަބެއް ނެތް. އޮޑިޓަރުން ކުރަނީ މާ މުހިންމު ޤައުމީ މަސައްކަތެއް."

އިބްރާހީމް ދީދީ ވިދާޅުވީ އޮޑިޓަރުންނަށް ރާއްޖޭގެ ކަންކޮޅުތަކަށް ދަތުރުކުރެވޭނެ ވަރުގެ ބަޖެޓެއްވެސް ދެވެން ޖެހޭނެ ކަމަށާއި އޮޑިޓް އޮފީހުން ހުށަހަޅާފައިވާ އެއޮފީހުގެ ބަޖެޓުން އެއްވެސް ވަރެއް އުނިކުރަން ތާއީދު ނުކުރައްވާ ކަމަށެވެ.

އިބްރާހީމް ދީދީ ވަނީ މިސަރުކާރުގެ ވެރިކަމުގައި ހިންގާފައިވާ ކަންކަން އޮޑިޓްކުރުން އަވަސްކުރުމަށް ވެސް ގޮވާލައްވައިފައެވެ. އަދި މަޖިލީހުގެ ކޮމިޓީތަކުންވެސް ވީހައި އަވަހަކަށް މައްސަލަތައް ބަލަން ފެށުމަށް ވެސް ވަނީ ގޮވާލައްވައިފައެވެ.
މިއަދު އޮންލައިން