މެންބަރު މުޞްޠަފާގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ޙުކުމްކޮށްފި
ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާގެ ގޮނޑިވެސް ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ. އެހެންކްމުން ގޮނޑި ގެއްލިފައިވާ ކަމަށް ޙުކުމްކުރި 12 މެންބަރުންގެ ތެރެއިން 9 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް މިވަނީ ޙުކުމްކޮށްފައެވެ.
މިހައިތަނަށް ޙުކުމް ނުކޮށް ތިބި އިތުރު 3 މެންބަރުންގެ މައްސަލައިގައި ވެސް މިއަދު ގޮތެއް ނިންމާނެއެވެ.