ހިއުމަން ރިސޯސް އެކްސެލެންސް ކޮންފަރެންސްގައި ބައިވެރިވުމަށް ފުލުހުންގެ ސީނިއަރ އޮފިސަރަކު ސިންގަޕޫރަށް ފުރައިފި

ކިޔުމަށް ހޭދަވާނީ 39ސ
ހިއުމަން ރިސޯސް އެކްސެލެންސް ކޮންފަރެންސްގައި ބައިވެރިވުމަށް ފުލުހުންގެ ސީނިއަރ އޮފިސަރަކު ސިންގަޕޫރަށް ފުރައިފި
މާރކަސްއިވާންސް އިވެންޓްގެ ފަރާތުން ބާއްވާ 7 ވަނަ އެނުއަލް ގްލޯބަލް ހިއުމަން ރިސޯސް އެކްސެލެންސް ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ފުލުހުންގެ ސީނިއަރ އޮފިސަރަކު ސިންގަޕޫރަށް ފުރައިފިއެވެ.

އޮކްޓޯބަރ 29 ން 31 އަށް ސިންގަޕޫރުގައި ކުރިއަށްދާ މި ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސިންގަޕޫރަށް ފުރާފައިވަނީ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު އާދިލްއެވެ.

މިކޮންފަރެންސްގައި، ހިއުމަން ރިސޯސް ދާއިރާގައި ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މީހުން ވަޒީފާއަށް ވެއްދުމުގައި ބަލައްޖެހޭ މިންގަނޑުތަކާއި ދާއިރާތައް ބަލައިދެނެގަތްނާނެއް ގޮތްތަކާއި މަސައްކަތްތަކުގެ ފެންވަރު ބެލުމުގެ އާގޮތްތައް ހޯދުމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެވޭނެއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން