ވެންޓިލޭޓަރުގަ އޮވެގެންވެސް ޤާނޫނު އަސާސީ ދަނީ ވިންދު ޖަހަމުން: މެންބަރު ޝާހް
ރާއްޖޭގެ ޤާނޫނު އަސާސީ މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ބުނާ ބުނުމަކީ ތެދެއް ކަމަށާއި ނަމަވެސް ފެންނަމުން މިދަނީ ވެންޓިލޭޓަރުގައި އޮވެގެންވެސް ވިންދު ޖަހަމުންދާތަން ކަމަށް މެންބަރު ޢަލީ ޝާހު ވިދާޅުވެއްޖެއެވެ.
ޝާހު މިމޭރުމުން ވިދާޅުވީ އޭނާގެ ގޮޑިވެސް ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން މިއަދު ޙުކުމް ކުރުމުން ސްޕްރީޟް ކޯޓުގައި ހުންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ޝާހް ވިދާޅުވީ ގޮނޑި ލިބިވަޑައިގެންނެވި ނަމަވެސް ސިޔާސީ އެއްވެސް ޕާޓީއަކާއި ގުޅިވަޑައިގަންނަވާނީ ދާއިރާގެ ރައްޔިތުންނާއި މަޝްވަރާ ކުރައްވާފައި ކަމަށާއި ނަމަވެސް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދުގެ ސަރުކާރަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި އައު ސަރުކާރު ދެމެހެއްޓުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.