ހުރިހާ ކަމެއް މަށަށް ވާނެކަމަށް ބުނެ ހަވާލުވެފަ ފޭލްވީމާ އެހެން މީހުން ކުށްވެރިކުރުމަކީ ޙައްލެއް ނޫން: ސަރަނގު އާދަމް މަނިކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 21ސ
ހުރިހާ ކަމެއް މަށަށް ވާނެކަމަށް ބުނެ ހަވާލުވެފަ ފޭލްވީމާ އެހެން މީހުން ކުށްވެރިކުރުމަކީ ޙައްލެއް ނޫން: ސަރަނގު އާދަމް މަނިކު
ހުރިހާ ކަމެއް "މަށަށް ވާނެކަމަށް" ބުނެ ހަވާލުވުމަށްފަހު ކުރަންވީ ގޮތަށް އެއްވެސް ކަމެއް ނުކުރެވި ފޭލްވީމާ އެހެން މީހުން ކުށްވެރިކުރުމަކީ ޙައްލެއް ނޫން ކަމަށް މާލެ ސިޓީގެ ކުރީގެ މޭޔަރ ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.

މާލޭގައި ފެންބޮޑުވާ މައްސަލަ އާއި ގުޅިގެން ސަރަނގު އާދަމް މަނިކު މިއަދު ވިދާޅުވީ މާލޭގެ މަގުތައް ހެދުމާއި ފެންހިނދުމުގެ މަސައްކަތަކީ މާލޭ ސިޓީ ކައުންސިލުން ކުރަމުން އައި މަސައްކަތެއް ކަމަށާއި އަދި ޤާނޫނުގައި އޮތީވެސް އެ މަސައްކަތްތަކަކީ ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

"ސިޓީ ކައުންސިލުން ކުރަމުންދިއަ މަސައްކަތްތަކެއް ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ވަކިކޮށް ބާރުތައް "ފޭރިގެންފަ" ދެން މިއަދު އެ މަސައްކަތްތައް ނުކުރެވުނީމަ އެހެން ބައެއްގެ ބޮލުގަ އެކަން އަޅުވާނެ ކަމެއް ނެތެއް ނޫންތޯ؟ މިއަދު މޭޔަރަކަށް ހުންނެވީވެސް ދައުލަތުގެ މިނިސްޓަރުކަންވެސް ކުރެއްވި ޤާބިލު ބޭފުޅެއް. އެބޭފުޅާއަށް ވެސް ކުރެއްވޭނެ. އެކަމަކު ހުރިހާ ކަމެއް އަތުލައިގެންފަ ތިމާއަށް ނުވީމަ އުޒުރުތަކެއް ނޫން ދައްކަންވީއަކީ. އަރުވާ ޖަހާފަ ނުކުމެ އެކަން ކުރަންވީއެއް ނޫންތޯ؟"

އާދަމް މަނިކު ވިދާޅުވީ މީގެ ކުރިންވެސް މާލޭގައި ފެންބޮޑުވުމުން އެމައްސަލަ ޙައްލުކުރަނީ އެމްއެންޑީއެފް އިން ކަމަށެވެ. ބޮޑެތި ޕަމްޕްތައް ގެންގުޅޭ އިމާރާތްކުރާ ކުންފުނިތަކުގެ އެހީތެރިކަންވެސް ލިބޭ ކަމަށެވެ. "އަޅުގަނޑު މޭޔަރަކަށް ހުރިއިރު އެފަދަ ކުންފުނިތަކުގެ ރެކޯޑްވެސް ގެންގުޅެން. ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަކީ އެންމެންގެ ކަމެއް. ކުންފުނިތަކުންވެސް ހަމަ ތިބެނީ އެހީތެރިވާން ތައްޔާރަށް. ދެން މާވަރުގަދަ އެޓިޓޔުޑެއް ހުންނަ ބޭފުޅެއްވީމަ ވިދާޅުވާ ގޮތަކުން އެކަން ނުވެދާނެ. އަޅުގަނޑު މޭޔަރަކަށް ހުރިއިރު ހަމަ ދަންނަވައިލުން އޮންނަނީ. އައިސް އެކަންކޮށްދޭ."



އާދަމް މަނިކު ވިދާޅުވީ މާލެ ސިޓީއަށް އޮތީ ހަމައެކަނި ފެންބޮޑުވުމުގެ މައްސަލަ ނޫން ކަމަށާއި އަޅާފައިވާ ފަލަ ހޮޅިތަކުން މަގުތައް ފުރިފައިވާތީ މީހުން އަޅައިގަނެ ވެއްޓެމުންދާ ކަމަށެވެ. މާލޭގެ މަގުތަކަކީ ރައީސް މައުމޫނުގެ އިރުން ފެށިގެން ވަރަށް ރީތިކޮށް ގައު އަތުރައި ހަދާފައިވާ މަގުތަކެއް ކަމަށާއި ނަމަވެސް އެކި ބޭނުންތަކަށް ގައުތައް ނެގުމަށްފަހު ވެލިބާރުނުކޮށް ގައުތައް އަތުރަމުން ގެންދާތީ ހުރިހާ މަގުތަކެއްގައި މިހާރު މިވަނީ އަޑިގުޑަން ހެދި ހަލާކުވެފައި ކަމަށެވެ.

"އެކަންކަން ބަލައިލާނެ މީހަކު ނެތުމުން މަގުތަކުގައި ބޮޑެތި އަޑިގުޑަންތައް މިއޮންނަނީ. ޤާނޫނާއި ޤަވާއިދުތައް ކޮރަޕްޓް ކޮށްލާފަ ނުވާ ހާލުގަ ކީއްކުރަންތޯއޭ ހުރިހާ ކަމެއް ކުރަން މިއުޅެނީ؟"

އާދަމް މަނިކު ވިދާޅުވީ ރާއްޖޭގެ ޤާނޫނު އަސާސީ ހަދާފައިވަނީ ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުޢިއްޒަށްވުރެ މާ ވިސްނޭ ބައެއް ކަމަށާއި ޑރ. މުޢިއްޒަށްވެސް އުޅުއްވަން ޖެހިވަޑައިގަންނަވާނީ ޤާނޫނުތަކުގެ ދަށުގައި ކަމަށެވެ. ލާމަރުކަޒީ ނިޒާމަކީ ޤާނޫނު އަސާސީ ޔަޤީންކޮށް ކަށަވަރުކޮށްދޭ ކަމެއް ކަމަށެވެ.

ގުޅުންހުރި އަޑު- (އޯޑިއޯ):

މިއަދު އޮންލައިން