12 މެންބަރުން ހަމަވެއްޖެ- މާދަމާ މަޖިލީހަށް ވަދެ މަސައްކަތް ފާށާނަން: މެންބަރު ޢަބްދުލްޣަފޫރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
12 މެންބަރުން ހަމަވެއްޖެ- މާދަމާ މަޖިލީހަށް ވަދެ މަސައްކަތް ފާށާނަން: މެންބަރު ޢަބްދުލްޣަފޫރު


ގޮނޑި ގެއްލިފައިވާ ކަމަށް މަޖިލީހުން ކަނޑައެޅި 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ޙުކުމް ކުރުމާއި ގުޅިގެން ގުޅިފައވާ ކޯލިޝަނުގައި މިހާރު ތިބި ހުރިހާ ހަމަވެއްޖެ ކަމަށާއި މާދަމާ މަޖިލީހަށް ވަދެ މަސައްކަތް ފާށާނެ ކަމަށް ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު (ގަބޯ) ވިދާޅުވެއްޖެއެވެ.

ހަނިމާދޫ ދާއިރާގެ މެންބަރު ޙުސައިން ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުޙަމަދު ޢަބްދުﷲ (މުހައްމާ)ގެ ގޮނޑި ވެސް ލިބުމާއި ގުޅިހެން ޢަބްދުލްޣަފޫރު މިއަދު ވިދާޅުވީ އާދިއްތަ ދުވަހު ކޯލިޝަނުގެ މެންބަރުން މަޖިލީހަށް ވަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަން ކަމަށާއި ރަސްމީކޮށް މެންބަރުން މަޖިލީހަށް ވަދެ މަސައްކަތް ފަށާނީ މާދަމާ ކަމަށެވެ.

"އަޅުގަނޑުމެން މާދަމާ ހެނދުނު 9.00 ގައި މަޖިލީހަށް ވަންނާނަން. އަޅުގަނޑުމެން ފުރަތަމަ ކުރާނެ މަސައްކަތަކީވެސް މަޖިލީހުގެ ރައީސް މަޞީހު އެތަނުން ބޭރުކުރުމުގެ މަސައްކަތް. މަޞީޙް އެ މަޤާމުގައި ބަހައްޓައިގެން އެއްވެސް ކަމެއް ކުރިއަކަށް ނުގެންދެވޭނެ. ވީމާ ފުރަތަމަ ކަމަކަށްވެސް ކުރަންޖެހޭ ކަމަކީ މަޖިލީހުގެ ރައީސް ކަމުން މަޞީޙު ދުރުކުރުން."

ޢަބްދުލްޣަފޫރު ވިދާޅުވީ ކޯލިޝަނުގެ މެންބަރުން ވަނީ މާމިގިލި ދާއިރާގެ މެންބަރު، ޤާސިމް އިބްރާހީމް މަޖިލީހުގެ ރައީސް ކަމަށް ގެނައުމަށް އެއްބަސްވެފައި ކަމަށާއި އެކަން އެގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.
މިއަދު އޮންލައިން