ކިތަންމެ ބޮޑު މުޖުރިމަކާ މެދުވެސް ޒާތީ ވެގެން ނުވާނެ: ޑރ. އިޔާޟް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
ކިތަންމެ ބޮޑު މުޖުރިމަކާ މެދުވެސް ޒާތީ ވެގެން ނުވާނެ: ޑރ. އިޔާޟް
ކިތަންމެ ބޮޑު މުޖުރިމެއް ނަމަވެސް، އިންސާނީ ޙައްޤު އޮންނަން ވާނެ ކަމަށާއި ޝަރީޢަތް ކުރެވެން ޖެހޭނީ، އަދި ކުށް ސާބިތުވެއްޖެ ހިނދެއްގައި އަދަބު ތަންފީޒުކުރަންވާނީ ވެސް އެކަމަށްޓަކައި ހެދިފައި އޮންނަ އުޞޫލެއްގެ މަތިން ކަމަށާއި ކިތަންމެ ބޮޑު މުޖުރިމަކާ މެދުވެސް ޒާތީ ވެގެން ނުވާނެ ކަމަށް ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޟް މިފަދަ ބަސްފުޅެއް ވިދާޅުވެފައި މިވަނީ ބަންދުގައި ތިބޭ ބައެއް ކުށްވެރިންނާއިމެދު ޒާތީ ގޮތުން ކަންތައްތައް ކުރިމަތިކުރުވައި އެމީހުންނަށް ލިބެންޖެހޭ އިންސާނީ ޙައްޤުތައް ލިބުމަށް ހުރަސްތައް އަޅާކަމަށް ގިނަ ބައަކު ތުހުމަތުކުރަމުން ގެންދާ ވަގުތެއްގައެވެ.

ބަލިވުމުން ބޭސްފަރުވާ ނުކުރެވި އެތައް ބައަކު ޖަލުގައި މަރުވަމުންދާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ. ހަމައެއާއިއެކު ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރޓ) މުޙައްމަދު ނާޒިމްގެ ބޭސް ފަރުވާއަށް ނުފޮނުވައި ހިފެހެއްޓުމާއި އަދި ކުރީގެ ނައިބް ރައީސް އަޙްމްދު އަދީބުގެ ހާލުވެސް ސީރިއަސްވެފައިވީ ނަމަވެސް އަދިވެސް ބޭސްފަރުވާއަށް ނުފޮނުވާ މައްސަލައިގައި ގިނަ ބައަކު މިހާރުވެސް ގެންދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.



މިއަދު އޮންލައިން