ކޯލިޝަނަށް ވޯޓުދިނީ ރާއްޖޭގަ ކޮންމެ ދީނެއް އޮތަސް ވަރިހަމަ ބައެއް ކަމަށް ބުނި ޑރ. މުޢިއްޒު ދޮގުހަދައިފި ކަމަށް ސީއެންއެމްއިން ހާމަކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 33ސ
ކޯލިޝަނަށް ވޯޓުދިނީ ރާއްޖޭގަ ކޮންމެ ދީނެއް އޮތަސް ވަރިހަމަ ބައެއް ކަމަށް ބުނި ޑރ. މުޢިއްޒު ދޮގުހަދައިފި ކަމަށް ސީއެންއެމްއިން ހާމަކޮށްފި
ނިމިގެން ދިއަ ރިޔާސީ އިންތިޚާބުގައި ގުޅިފައިވާ ކޯލިޝަނަށް ވޯޓުދިނީ ރާއްޖޭގައި ކޮންމެ ދީނެއް އޮތް ނަމަވެސް ވަރިހަމަ ބައެއް ކަމަށް ވިދާޅުވި ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒު އިސްލާމް ދީނުގައި ޙަރާމް ކުރައްވަވާފައިވާ "ދޮގު ހަދައިފި" ކަމަށް އޮންލައިން ނޫސް ސީއެންއެމްއިން ހާމަކޮށްފިއެވެ.

ޑރ. މުޢިއްޒު މިއަދު ވިދާޅުވެފައިވަނީ މާލޭގައި ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތިވެފައިމިވަނީ ޕަމްޕް ސްޓޭޝަންތަކަށް ބައަކު ގެއްލުންދީ ހަލާކުކޮށްލައިގެން ކަމަށާއި އެތަންތަނުގެ ކަރަންޓުވެސް ބައަކު ކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް ސީއެންއެމް އަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވަނީ މާލޭގައި ހުރި 11 ޕަމްޕް ސްޓޭޝަނުގެ ތެރެއިން ހަލާކުވެފައިވަނީ 2 ސްޓޭޝަނެއްގެ ޕެނެލްބޯޑު ކަމަށެވެ. ހިރިޔާ ސްކޫލް ކައިރީގައި ހުރި ޕަމްޕް ސްޓޭޝަނުގެ ޕެނެލް ބޯޑު ހަލާކުވެފައިވަނީ އެ ސަރަހައްދުގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގައި ކަމަށާއި އެކުވެނި ޓްރެކް ސަރަހައްދުގައި ހުރި ސްޓޭޝަނުގެ ޕަމްޕް ހަލާކުވެފައިވަނީ ފެންއެޅިގެން ކަމަށެވެ.

ޑރ. މުޢިއްޒު ހެނދުނު ކުރެއްވި ޓްވީޓާއި ގުޅިގެން ޕަމްޕަ ސްޓޭޝަންތަކަށް ގެއްލުންދިން މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވޭތޯ އާއި ހުށަހެޅީ ކޮން ދުވަހަކުތޯ ހައުސިންގ މިނިސްޓްރީގެ މީޑިއާ އޮފިޝަލާއި ކުރި ސުވާލަށް ޖަވާބު ދީފައެއް ނުވެއެވެ. ފުލުހުންގެ ބަހެއް ހޯދަން ޕޮލިސް މީޑިއާގެ 2 ނަމްބަރަށް ގުޅުމުންވެސް ފޯނު ނުނަގާތީ ފުލުހުންގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.





ސީއެންއެމް ޚަބަރު ޕީޑީއެފްކޮށްފަލާ
https://cnm.mv/f/?id=77887

މިއަދު އޮންލައިން