ޕީޕީއެމް ޕީޖީ ގްރޫޕުގެ މެންބަރުން ގައަށް އަތްލާ ވީޑިއޯއެއް ޢާންމުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ޕީޕީއެމް ޕީޖީ ގްރޫޕުގެ މެންބަރުން ގައަށް އަތްލާ ވީޑިއޯއެއް ޢާންމުވެއްޖެ
ޕީޕީއެމް ޕީޖީ ގްރޫޕުގެ މެންބަރުން ގައަށް އަތްލާ ވީޑިއޯއެއް ޢާންމުވެއްޖެ އެވެ

ބެލެވޭ ގޮތުން މިކަން ހިނގާފައިވަނީ މަޖިލީހުގެ ސައިކޮޓަރީގައި އަދުރޭ ރުޅި ގަދަވެ ރިޔާޟް ރަޝީދަށް އެއްޗެތި ގޮވައި ގައަށް އަތްލަން އުޅުމުގެ ތެރޭގައެވެ. ނަމަވެސް ކޮއްޕާލާފައި ވަނީ މައްސަލަ ފިނިކުރަން އުޅުއްވި ޕީޖީ ލީޑަރު އަޙްމަދު ނިހާން އެވެ.

ރިޔާޟް ރަޝީދު އާއި އަދުރޭ އާއި ދެމެދުގައި "ކޯޅުން" އުފެދިގެން އުޅެނީ ރިޔާޟް މިހާރު ރައީސް ޔާމީނަށް ތާއީދު ނުކުރައްވާ ކަމަށް ތުހުމަތު ކުރެވިގެންނެވެ.

ރިޔާޟް އެންމެ ފަހުން ވެސް ވީޓީވީގައި ވަނީ ރައީސް ޔާމީނަށް ތައުރީފް ކުރައްވައިފައެވެ. އަދި ރައީސް ޔާމީނުގެ ޚިދުމަތްތައް ރާއްޖޭގެ ތާރީޚުގައި ލިޔެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިފެންވަރުގެ މީހަކު މަޖިލީހުގެ ރައީސް ކަމަށް ގެނެސްފިނަމަ މަޖިލިސް ތެރޭގައި ކަންކަން ހިނގާނެ ގޮތަކާއިމެދު މިވަނީ ބޮޑެތި ސުވާލުތައް އުފެދިފައެވެ.

މިއަދު އޮންލައިން