އިންތިޚާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންފާނެ!
އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ ނައިބް ފައިޞަލް ނަސީމް ހުވާ ޖުރެއްވުމަށް ނޮވެމަބރު މަހުގެ 17 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު މޯދީ ވަޑައިގެންފާނެ ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފިއެވެ.
އެމަނިކުފާނު ވަޑައި ނުގެންފައިވާނެ ކަމަށް ރިޕޯޓްކުރީ ވެސް ހަމަ އިންޑިއާގެ ބައެއް ނޫސްތަކުންނެވެ. ނޫސްތަކުން ތަފާތު ގޮތްގޮތަށް ޚަބަރު ފަތުރަމުން ގެންދިއަ ނަމަވެސް އިންޑިއާ ސަރުކާރުގެ ރަސްމީ ބަހެއް މިކަމުގައި އަދިވެސް ބުނެފައެއް ނުވެއެވެ.
މޯދީގެ ބޮޑުވަޒީރުކަމުގައި އަދި މިހައިތަނަށް ވެސް ޒިޔާރަތް ނުކުރައްވައި އޮތް ޤައުމަކީ ދިވއހިރާއްޖެ ކަމަށްވާއިރު މޯދީ ވަޑައި ނުގަންނަވާނެ ކަމަށް ރިޕޯޓްކުރި ނޫސްތަކުން ބުނެފައިވަނީ "އިމްރާން ޚާން ހުވާ ކުރެއްވި ރަސްމިއްޔާތުގައި ވީގޮތް ވުމަށް އިންޑިއާ ބޭނުންނުވާ ކަމަށާއި އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާ ކުރައްވާ ރަސްމިއްޔާތުގައި މޯދީގެ ދައުރު ސާފު ނުވާ" ކަމަށެވެ.
މި ބަސް ތަފާތު ގޮތްގޮތަށް ދަނީ މާނަކުރަމުންނެވެ.