މަޢާފް ކުރާށެވެ! މާފު ކުރި ނަމަވެސް ބަހައްޓަންވާނީ އިތުރު ގެއްލުމެއް ނުދެވޭ ހިސާބު ދުރުގަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
މަޢާފް ކުރާށެވެ! މާފު ކުރި ނަމަވެސް ބަހައްޓަންވާނީ އިތުރު ގެއްލުމެއް ނުދެވޭ ހިސާބު ދުރުގަ!


"މީހުންނަށް މަޢާފް ކުރުމަކީ އިސްލާމް ދީނުގައި ބާރުއަޅާކަމެކެވެ. މާފުކުރުމުން ސަވާބުވެސް ލިބޭ ކަމެކެވެ. މަޢާފް ނުކުރުމަކީވެސް ރަނގަޅު ގޮތެއް ނޫނެވެ.

ނަމަވެސް މަޢާފްކުރާއިރު މަޢާފުގެ ބައެއް ހިފަހައްޓަން ޖެހޭނެއެވެ. އެއީ މަޢާފްކުރުމަށްފަހު އެމީހަކާއި ކުރިން ބޭއްވި ވަރަށް ގާތްކަން ނުވަތަ ގުޅުން ބޭއްވުމުގެ މައްސަލައެވެ.

މީހަކަށް މަޢާފް ކުރި ނަމަވެސް ކޮންމެހެން މަޢާފްކުރާ ވަގުތުން ފެށިގެން ކުރިން އޮތް ގާތަކަން ނުވަތަ ގުޅުން ބޭއްވުމެއް ނެތެވެ. ކަންތައްތަކެއް ދުރުކުރަން ޖެހޭނެއެވެ. ކުރިން ކުރި ފަދަ އަނިޔާއެއް ކުރުމުގެ ފުރުޞަތު ދީގެން ނުވާނެއެވެ. އެކަމަށް ރައްތަކުތެރިވެ އެމީހަކު ބަހައްޓަން ޖެހޭނީ އިތުރު އަނިޔާއެއް ނުކުރެވޭނެ ފަދަ ގެއްލުމެއް ނުދެވޭނެ ފަދަ ދުރުމިނެއްގައެވެ.

މަޢާފް ކުރުމަށްފަހު ހިތްބުރަ ކަމެއް ނުބާއްވާށެވެ. ރައްކައުތެރިކަމުގެ ފިޔަވަޅު އަޅައިގެން ހުރެ ކުރިއަށްދާށެވެ. އެއިރުން އިތުރު އަނިޔާ އާއި ގެއްލުން އެމީހެއްގެ ކިބައިން ލިބުން ކުޑަކުރެވޭނެއެވެ."

މިއީ މުފްތީ މެންކް ވިދާޅުވެފައިވާ ނަޞޭޙަތުގެ ބަސްކޮޅެކެވެ.
މިއަދު އޮންލައިން