މަޖިލީހުގެ ޖަލްސާގައި ފުރިހަމަ އާރާއި ބާރު ލިބިވަޑައިގެން ހުންނަވައި ރައީސް ޔާމީނު އެ އަމަލުކުރެއްވި ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުކުރަމުންނެވެ.
ވީޑިއޯ އާއި ގުޅިގެން ކޮމެންޓް ކުރެއްވި ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ ﷲ ތަޢާލާ ދެއްވަވާ އެއްވެސް ނިޢުމަތަކީ ތިމާގެ އަމިއްލަ މިލްކެއް ކަމަށް ދުށުމަކީ މުސްލިމުންގެ ކިބައިގައި ހުރެގެންވާނެ ސިފައެއް ނޫން ކަމަށެވެ. ރައްޔިތުންގެ ކިބައިން ހިތްހަމަނުޖެހޭ ކަމެއް ފެނުނު ނަމަވެސް ވަލިޔުލްއަމުރުގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އަމަލުކުރައްވަންވާނީ އަޚްލާޤީ ރިވެތި ސިފަތަކުގެ ތެރެއިން ކަމަށެވެ.
އިތުރު މީހަކު ބުނެފައިވަނީ ކިތަންމެ މުއްސަނދި އަދި ބާރުގަދަ މީހަކު ނަމަވެސް ކިތަންމެ މަތީ މަޤާމެއްގައި ހުރި މީހަކު ނަމަވެސް ކިތަންމެ ނިކަމެތި މީހެއްގެ ކިބައިން ވެސް އެހީތެރިކަމަށް އެދެން ޖެހުމަކީ ދުނިޔެ ދައްކަމުން ގެންދާ އަގުހުރި ފިލާވަޅެއް ކަމަށެވެ. އެހެންކަމުން ކިތަންމެ ނިކަމެތި މީހަކާއި ނަމަވެސް މުޢާމަލާތު ކުރަންޖެހޭނީ އެމީހަކާއި ދެވަނަ ފަހަރަށް ކުރިމަތިލާން ޖެހިއްޖެ ނަމަ އެކަން ކުރެވޭނެ ގޮތަށް ކަމަށެވެ.
Raeees Yaaameeeeenoooooo
— Aishath Vishama (@AishathVishama) October 30, 2018
Hadhaaaan veyyyyyy tha mi dhuvas pic.twitter.com/AdDXGpO6xX