މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ.ނައިފަރަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައި ގަނެފިއެވެ.
މާލެއިން ނައިފަރަށް ދަތުރުކުރާ ބޯޓަކުން ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ނައިފަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސާއި ގުޅިގެން އޮކްޓޫބަރ 29ވަނަ ދުވަހުގެ ރޭ 23:30 ހާއިރު ހިންގި އޮޕަރޭޝަންގައި، އެ ބޯޓުން ބާލާފައިވާ ފޮށިގަނޑެއް ފުލުހުންގެ ބެލުމުގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފައި ހުރި 2 ރަބަރު ޕެކެޓް ފެނިފައިވެއެވެ.
މިމައްސަލައާއި ގުޅިގެން މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ.
ޙަބަރު ޕޮލިސް