މަސްތުވާތަކެއްޗާއެކު މީހަކު ދަނގެތިން ހައްޔަރުކޮށްފި

ކިޔުމަށް ހޭދަވާނީ 27ސ
މަސްތުވާތަކެއްޗާއެކު މީހަކު ދަނގެތިން ހައްޔަރުކޮށްފި
އދ.ދަނގެތި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ފިރިހެނެކެވެ.

މިމަހުގެ 29 ވަނަދުވަހު ހިންގި މި އޮޕަރޭޝަންގައި މަގުމަތިން މިމީހާ ހުއްޓުވައި ބަލާފާސްކުރިއިރު އޭނަގެ އަތުގައި އޮތް ދަބަހުގެ ތެރެއިން ފެނުނު ޕީނަޓް ބަޓަރު ދަޅެއްގެ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 10 ސެލޯފިންކޮޅު ފެނިފައިވެއެވެ.

ޙަބަރު ޕޮލިސް
މިއަދު އޮންލައިން