އެންޓިޑިފެކްޝަނުގެ ބިލެއް ފާސްކުރެވޭނީ ޤާނޫނު އަސާސީ އިޞްލާޙުކޮށްގެން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
އެންޓިޑިފެކްޝަނުގެ ބިލެއް ފާސްކުރެވޭނީ ޤާނޫނު އަސާސީ އިޞްލާޙުކޮށްގެން: ޤާސިމް

އެންޓިޑިފެކްޝަނުގެ ބިލެއް ފާސްކުރެވޭނީ ޤާނޫނު އަސާސީ އިޞްލާޙުކޮށްގެން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު. މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް އިބްރާހީމް މިއަދު ވިދާޅުވީ ޤާނޫނު އަސާސީ ޢާއި ތައާރަޟްވާ ބިލެއް މަޖިލީހަށް ބަލައިގަނެވިގެންވެސް ނުވާނެ ކަމަށާއި އަދި އެޖެންޑާ ކުރެވިގެންވެސް ނުވާނެ ކަމަށެވެ. "މިއީ ޤާނޫނު އަސާސީ އާ ޚިލާފް ބިލެއް. މިފަދަ ބިލެއް ބަލައިގަނެެންވެސް ނުވާނެ. ނަމަވެސް މިވަނީ ބަލައިގަނެ އެޖެންޑާކޮށް ފާސްކޮށް ނިންމާފަ."

ޤާސިމް އިބްރާހީމް ވިދާޅުވީ މިބާވަތުގެ ބިލްތައް ފާސްކޮށް ސްޕްރީމް ކޯޓުން ނިންމި ނިންމުމާއިމެދު ޖަޒުބާތުގައި ޖެހިގެން ވާހަކަ ދެއްކުމުގެ އެއްވެސް ބޭނުމެއް މިހާރަކު ނެތް ކަމަށާއި މިހާރު ބަލަންވީ ޤައުމާއިގެން ކުރިއަށް ދެވެން އޮތް މަގުތަކުން ކުރިއަށް ދިއުމަށް ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ އެންޓި-ޑިފެކްޝަންގެ ބިލް ފާސްކުރުމުން އެކަމުގެ ސަބަބުން މުޅި ޤައުމަށްވެސް ލިބިގެންދިއައީ ބޮޑެތި ގެއްލުންތަކެއް ކަމަށެވެ.
މިއަދު އޮންލައިން