މަޞީޙް އަޅުގަނޑަށް ދޮގު ހަދާފަ މެންބަރުން ލައްވައި އެއްޗެތި ގޮއްވަނީ- ރީކޯ މޫސާ މަނިކު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 45ސ
މަޞީޙް އަޅުގަނޑަށް ދޮގު ހަދާފަ މެންބަރުން ލައްވައި އެއްޗެތި ގޮއްވަނީ- ރީކޯ މޫސާ މަނިކު


ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަޞީޙް ވަނީ އަޅުގަނޑަށް "ދޮގު ހަދާފަ" ކަމަށާއި އެގޮތަށް އެކަން ކުރެއްވުމަށްފަހު މެންބަރުން ލައްވައި "އެއްޗެތި ގޮއްވަނީ" ކަމަށް މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖަލްސާގައި މޫސާ މަނިކު މިއަދު ވިދާޅުވީ މާދަމާ އިސްތިއުފާ ދެއްވާނެ ކަމަށް މަޞީޙް އޭނާއަށް ފޯނުކުރައްވައި ވިދާޅުވި ކަމަށާއި ނަމަވެސް އެކަން ނުކުރައްވައި އިތުރުފުޅު ހެއްދެވީ ކަމަށެވެ.

މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ގެންދަވަނީ މަޞީޙް ހުއްދަދެއްވުމުން ކަމަށާއި އެޖެންޑާވެސް ކަނޑައަޅުއްވަނީ މަޞީޙް ކަމަށެވެ. "މިއަދު ހެނދުނު ބާއްވަން ހަމަ ޖެހިފަ އޮތް ޖަލްސާ ރޭ ކެންސްލް ކުރެއްވީ. މިއަދު އަނެއްކާ ހުއްދަ ދެއްވީ. އެހެންވީމާ ނޯޓިސް ދިނުން ލަސްވީ." ކަމަށްވެސް މޫސާ މަނިކު ވިދާޅުވިއެވެ
މިއަދު އޮންލައިން