މަޖިލީހުގެ ނައިބް ރައީސް ވަކިކުރަން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް ޙުށަހަޅަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
މަޖިލީހުގެ ނައިބް ރައީސް ވަކިކުރަން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާޙް ޙުށަހަޅަނީ


މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސާ މަނިކު މަޖިލީހުގެ ރައީސް މަޤާމުން ވަކިކުރަން 3 ދުވހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

މަޖލީހުގައި ފަލާޙް މިއަދު ވިދާޅުވީ މޫސާ މަނިކު ރިޔާސަތުގައި އިންނަވައިގެން ކަންތައްތައް ކުރައްވަމުން ގެންދަވަނީ ވަރަށް ޚުދުމުޚުތާރު ގޮތެއްގައި ކަމަށެވެ. ޖަލްސާތައް ކުރިއަށް ގެންދަން ނޯޓިސް ފޮނުއްވަނީވެސް ކުއްލިކުއްލިއަށް ކަމަށެވެ.

ޖަވާބުގައި މޫސާ މަނިކު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބާއްވަވަމުން ގެންދަވަނީވެސް ކެންސަލް ކުރައްވަނީ ވެސް މަޖިލީހުގެ ރައީސް މަޞީޙްގެ އެންގެވުމަށް ކަމަށެވެ. އަދި ކުއްލި ކުއްލިއަށް ކަންކަން މަޞީޙު ބަދަލު ކުރައްވަނީ މެނަބަރުން ލައްވައި އޭނާއަށް އެއްޗެތި ގޮއްވަން ކަމަށެވެ.
މިއަދު އޮންލައިން