އެންޓި-ޑިފެކަޝަން ބިލާ ޢަލީ މަޢްރޫފް ވެސް ދެކޮޅު!
ރައީސް ޔާމީނުގެ އަމުރަސް މަޖިލީހުން ފާސްކުރި އެންޓި- ޑިފެކްޝަނުގެ ބިލާއި ދެކޮޅު ކަމަށް އެމްޑީއޭގެ ނައިބް ލީޑަރު، ޢަލީ މަޢްރޫފް ވެސް ވިދާޅުވެއްޖެއެވެ.
ޢަލީ މައްރޫފް މަޖިލީހުގައި މިއަދު ވިދާޅުވީ އެންޓިޑިފެކްޝަނުގެ ބިލު މަޖިލީހުން ފާސްކުރީ ރަނގަޅު ހާލަތުގައި އަދި ރަނގަޅު ގޮތުގައި ނޫން ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންނަކީ ސިޔާސީ ޕާޓީއެއްގެ ސުލޫކީ ކޮމިޓީން މަޤާމުން ވަކިކުރެވިގެންވާނެ ބައެއް ނޫން ކަމަށެވެ.
ޢަލީ މަޢްރޫފް ވިދާޅުވީ މިހާރު އޮތް ބިލު އުވާލަން ޖެހޭ ކަމަށާއި އަދި މެންބަރުންގެ ޙައްޤުތައްވެސް ހިމާޔަތްކޮށްގެން ރަނގަޅު ބިލެއް ފާސްކުރަން ތާއީދު ކުރައްވާ ކަމަށެވެ.
ޢަލީ މަޢްރޫފުގެ ވާހަކަފުޅުން ވެސް އެނގިގެންދަނީ ޕީޕީއެމް، އެމްޑީއޭ ކޯލިޝަނުން މިފދަ ފާސްކުރަމުން ގެންދިއައީ ވަރަސް ބޮޑެތި މަޖުބޫރުތަކެއް މެންބަރުންނަށް އޮވެގެން ކަމެވެ.