ލަސްތަކެއް ނުވެ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ނުޙައްޤު ދައުވާއިން މުޅިން ބަރީޢަވެވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރަން: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ލަސްތަކެއް ނުވެ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ނުޙައްޤު ދައުވާއިން މުޅިން ބަރީޢަވެވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރަން: ޤާސިމް


ރައީސް މުޙައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ނުޙައްޤު ދައުވާއިން ލަސްތަކެއް ނުވެ މުޅިން ބަރީޢަވެވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމް އިބަރާހީމް މިމޭރުމުން ވިދާޅުވެފައިވަނީ ސްޕްރީމް ކޯޓުން ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ކާމިޔާބީ އާއި ގުޅިގެން މަރުޙަބާ ވިދާޅުވެ ކުރެއްވި ޓްވީޓުގައެވެ.

ގުޅިފައިވާ ކޯލިޝަނުން މަޖިލީހުގެ ރައީސަކަށް ޤާސިމް އިބްރާހީމް އިންތިޚާބުކުރަން ނިންމުމުން ރައީސް ނަޝީދު ވަނީ ޤާސިމް އިބްރާހީމްއަށް މްރުޙަބާ ވިދާޅުވެފައެވެ. ޤާސިމް އިބްރާހީމް އަކީ އެކަމަށް ޤާބިލު ބޭފުޅެއްކަމަށާއި މައްސަލަތައް ޙައްލުކުރައްވައިގެން ކުރިއަށް ވަޑައިގެންނެވޭނެ ބޭފުޅެއް ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

"ރައީސް ނަޝީދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަން. އެ އީ ސްޕރީމް ކޯޓުން އެމަނިކުފާނު ހޯއްދެވި ކާމިޔާބީއަށް. މާލަސްތަކެއް ނުވެ ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ މި ނުޙައްޤު ދައުވާއިން މުޅިން ބަރީޢަވެވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރަން. މަރުޙަބާ ރައީސް ނަޝީދު.
މިއަދު އޮންލައިން