ވޭމަންޑޫގައި ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ކުރިއަށްދަނީ!

ކިޔުމަށް ހޭދަވާނީ 52ސ
ވޭމަންޑޫގައި ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ކުރިއަށްދަނީ!
ވޭމަންޑޫގައި ސްކިލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަދެއެވެ. އިއްޔެ ފެށި މި ޕްރޮގްރާމަކީ 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މިއީ ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި ކޮޅުމަޑުލު އަތޮޅު ކައުންސިލް ގުޅިގެން އެއަތޮޅުގެ ލޯކަލް ކައުންސިލްތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކައުންސިލްތަކުގެ މުވައްޒަފުންނަށް ހިންގާ ޕްރޮގްރާމެއް ކަމަށް މައުލޫމާތު ލިބެއެވެ.

މި ޕޮރޮގްރާމުގައި މައިގަނޑުގޮތެއްގައި މަޢުލޫމާތު ދެއްވާނީ ކައުންސިލްތަކުގެ ޕްލޭނިންއާއި، ދައުލަތުގެ ޕްރޮކިޔުމެންޓް ނިޒާމާއި، ކައުންސިލްގެ ބަޖެޓާއި، އެސް.އޯޕީ އާއި، ޕީއެސްއައިޕީ އާއި، ޕާފޯމަންސް އިންޑެކްސްއާއި، ކައުންސިލްހެ މާލީ ކަންކަމަށް ގުޅޭ ގޮތުން ކަމަށް މައުލޫމާތު ލިބެއެވެ.

މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަނީ ލޯކަލް ގަވާރންމެންޓް އެސޯސިއޭޝަން (އެލްޖީއޭ) ގެ މުވައްޒަފުންނެވެ.


މިއަދު އޮންލައިން