އިންތިހާބުގައި ހަރަކާތްތެރިވި ބައެއް އޮފިޝަލުންނަށް ބަޔަކު ބިރު ދައްކަނީ!

ކިޔުމަށް ހޭދަވާނީ 59ސ
އިންތިހާބުގައި ހަރަކާތްތެރިވި ބައެއް އޮފިޝަލުންނަށް ބަޔަކު ބިރު ދައްކަނީ!
23 ސެޕްޓެމްބަރު 2018 ގައި ބޭއްވުނު ރިޔާޞީ އިންތިހާބުގައި މަސައްކަތް ކުރި އިލެކްޝަންސް ކޮމިޝަންގެ ވަގުތީ މުވައްޒަފުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ނަމުގައި ބަޔަކު ގުޅައި ބިރު ދައްކަމުން އަންނަ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ރޭ އީސީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، މި ކަމަކީ، ސިޔާސީ ޕާޓީއަކުން ނުވަތަ ޕާޓީއަކަށް ތާއީދުކުރާ ސިޔާސީ ވަކިބަޔަކު އިސްވެ ތިބެގެން ކުރާ ކަމަކަށްވީނަމަވެސް، މިފަދަ އަމަލުތަކަކީ، ގާނޫނު ނަންބަރު 4/2013 [ސިޔާސީ ޕާޓީގެ ގާނޫނު]ގެ 7 ވަނަ މާއްދާގެ (ހ) ގެ 5 ވަނަ ނަންބަރާ ޚިލާފު، އަދި ޑިމޮކްރެސީ އާ ވަރަށް ބީރަށްޓެހި، ވަރަށް ނާތަހުޒީބު ޢަމަލަކަށްވާތީ، މި ފަދަ ޢަމަލުތައް އިލެކްޝަންސް ކޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

މީގެ އިތުރުން ބަޔާނުގައި ބުނީ، އީސީގެ ކުރީގެ މުވައްޒަފެއްގެ ފަރާތުން ނޫނީ ކޮމިޝަންގެ މިހާރުގެ މުވައްޒަފެއްގެ ފަރާތުން ވެސް އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވެއްޖެ ހާލަތެއްގައި މުއާމަލާތް ކުރާނީ، ކޮމިޝަންގެ ރަސްމީ ލިޔުމަކުން ނުވަތަ ކޮމިޝަނުގެ ފޯނު ލައިން މެދުވެރިކޮށް ކަމަށެވެ.
މިއަދު އޮންލައިން