ޕީޕީއެމް އިން މޯލްޑިވިއަން އަށް 4.8 މިލިއަން ރުފިޔާ ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ޕީޕީއެމް އިން މޯލްޑިވިއަން އަށް 4.8 މިލިއަން ރުފިޔާ ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެ
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން މޯލްޑިވިއަން އަށް 4.8 މިލިއަން ރުފިޔާ ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެއެެވެ.

މައުލޫމާތުލިބިފައިވާގޮތުގައި ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަންގެ ފްލައިޓްތަކުގައި ޕީޕީއެމުން ކުރި ދަތުރުތަކަށް ހޭދަވި، 4.8 ނުދައްކާ މައްސަލަ މިހާރުވަނީ އިލެކްޝަންސް ކޮމިޝަނާއި ފިނޭންސް މިނިސްޓްރީ އަށް ހުށަހަޅާފައެވެ.

އައިލެންޑް އޭވިއޭޝަނުން އިލެކްޝަންސް ކޮމިޝަންގައި އެދިފައިވަނީ ޕީޕީއެމްގެ ދަތުރުތަކަށް ހޭދަވި 4.8 މިލިއަން ރުފިޔާ، ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް ދޭފައިސާ އިން އުނިކޮށް، އެ ފައިސާ އެ ކުންފުންޏަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ.

މިކަމާބެހޭގޮތުން އިލެކްޝަންސް ކޮމިޝަނުން ބަހެއްބުނެފައެއްނުވެއެވެ.
މިއަދު އޮންލައިން