މިއަދަކީ އުފާވެރި ދުވަހެއް!- މަޞީޙް އިސްތިއުފާ ދެއްވާނެ، ނޫނީ ބޭރުކުރާނަން: މަޚްލޫފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
މިއަދަކީ އުފާވެރި ދުވަހެއް!- މަޞީޙް އިސްތިއުފާ ދެއްވާނެ، ނޫނީ ބޭރުކުރާނަން: މަޚްލޫފް
"މިއަދަކީ ރައްޔިތުންނަށް އުފާވެރި ދުވަހަކަށް ވެގެންދާނެ. އިރާދަކުރެއްވިއްޔާ އަނިޔާވެރި މަޞީޙް މިއަދު ބޭރުކުރާނަން. ނޫނީ އޭނާ މިއަދު އިސްތިޢްފާ ދޭނެ." ކަމަށް ގަލޮޅު ދެކނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމުން ޢަބްދުﷲ މަސީހު ވަކިކުރުމަށް ތިން ފަހަރެއްގެ މަތިން ވަނީ މަޖިލީހަށް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިފައެވެ.

ފުރަތަމަ ފަހަރު މަސީހު މަޤާމު ދިފާއުކުރެއްވީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ރޯލްކޯލްވޯޓަކަށް ގޮސްގެންނެވެ. އެއަށްފަހު ކުއްލިއަކަށް ޤަވާއިދު ބަދަލުކޮށް ވަނީ 43 މެމްބަރުންގެ ސޮޔާއިއެކު ނޫނީ އިތުބާރު ނެތްކަމުގެމައްސަލަ ހުށަނޭޅޭނެ ގޮތަށް މަޖިލީހުގެ ޤަވާއިދު ބަދަލުކުކޮށްފައެވެ. އެގޮތަށް ޤަވާއިދު ބަދަލުކުރުމުން ވަނީ 45 މެމްބަރުންގެ ސޮޔާއިއެކު 2017 ޖުލައި 3 ވަނަ ދުވަހު މައްސަލަ މަޖިލީހަށް ވައްދައިފައެވެ. މިހާރު ވަނީ 51 މެންބަރުންގެ ސޮޔާއިއެކު 3 ވަނަ ފަހަރަށް މައްސަލަ ވައްދައިފައެވެ.

މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަނީ މަޖިލީހުގެ ރިޔާސަތުގައި މަސީހު އިންނަވަނީ ގަދަކަމުން ކަމަށާއި މަޤާމުންދުރުކުރާނީ ވެސް ގަދަކަމުން ކަމަށެވެ.

މިއަދު އޮންލައިން